މުދާ އުފުލުމަށް ބޭނުން ކުރާ ލިފްޓެއް ވެއްޓި ހުޅުމާލޭގައި ދެ ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެފައިވަނީ އަނިޔާވި ދެ ބިދޭސީންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި ހާދިސާގެ ރިޕޯޓު ލިބުނީ ހަވީރު ފަހެއް ޖަހާކަންހާއިރު ކަމަށެވެ.
އެހެންނަމަވެސް އެމީހުންނަށް ލިބިފައިވަނީ ކޮންއަނިޔާއެއް ކަމެއް އަދި އެމީހުންގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ފުލުހުން ވަކިއެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.