ކުރީގެ ރައީސް މުޙަންމަދު ނަޝީދު އަވައްޓެރި ސްރީލަންކާއަށް އަނެއްކާވެސް މިއަދު ވަޑައިގެންފިއެވެ.
ނަޝީދު ލަންކާއަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިފަހަރުގެ ދަތުރުފުޅަކީވެސް ކުރީފަހަރު ތަކެކޭ އެއްގޮތަށް ލަންކާގައި ސިޔާސީ ބަޔެއް ބައްދަލުވުންތައް ބޭއްވުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސޯސަލްމީޑިޔާގައި ހަރަކާތްތެރިވާ އެމްޑީޕީގެ ބަޔެއް އެކްޓިވިސްޓުން ބުނެފައި ވަނީ އަންނަ އަހަރުގެ ފެބްރިއަރީއާ ހަމައަށް މިފަހަރު ނަޝީދު ސިލޯނުގައި މަޑު ކުރައްވާނެ ކަމަށެވެ. ބަޔެއް މީހުން ބުނެފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ނަޝީދު ލަންކާއިން ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް މިވާހަކަ ތަކަކީ ކަށަވަރު ވާހަކަތަކެއްނޫނެވެ.
ދިގު މުއްދަތެއްގެ ޖަލު ޙުކުމެއް އިއްވާފައިވާ ނަޝީދު ބޭސްފަރުވާއަށް ލަންޑަނަށް ވަޑައިގެން އިނގިރޭސި ސަރުކާރުގެ ޙިމާޔަތުގައި އުޅުއްވަމުން ދޭތެރެދޭތެރެއިން ސިލޯނަށް ވަޑައިގަންނަވައެވެ. އަދި ސިލޯނުގައި އެމްޑީޕީ އާއި އިދިކޮޅު އިއްތިހާދުގެ ބޭފުޅުންނާވެސް ބައްދަލު ކުރަވައެވެ.