ސަރުކާރުން އެމްޑީޕީއަށް ދޭ ފައިސާ ޚަރަދުކުރާގޮތް ހާމަކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު ދެއްވާފައިވާ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅު ތަކުގެ ތެރެއިން އެމްޑީޕީ މެމްބަރަކާއި ވާހަކަ ދައްކަވަން ހުއްޓައި، ނަގާފައިވާ ފޮޓޯއެއް ހިއްސާކުރައްވައި ރާއީ ވިދާޅުވީ ކޮންމެ އަހަރަކު އެމްޑީޕީއަށް ދައުލަތުންދޭ ލާރިއަށް ވާގޮތް ބަލަން އެމްޑީޕީގެ އާންމު މެމްބަރުން ނުހަނު ބޭނުންވާކަމަށެވެ.
ރާއީ މިހެން ވިދާޅުވެފައި މިވަނީ ފާއިތުވެދިޔަ އަހަރުތަކުގައި އެމްޑީޕީއަށް ދައުލަތުން ދޭ ލާރިއަށް ވާގޮތާއި ކުރި ހޭދަތަކާއި ގުޅޭގޮތުން އެޕާޓީގެ އާންމު މެމްބަރުން ސުވާލުކުރަމުންދާ ގުޅިގެންނެވެ.
ރާއީ ވިދާޅުވީ މިނިސްޓަރ ފައްޔާޟާއި ވާދަކުރައްވާ ބޭފުޅުންގެ ވާހަކުން ވެސް އެމްޑީޕީގެ ހާލަތު އޮތްގޮތް ވަރަށް ބޮޑަށް ސާފުވާ ކަމަށެވެ.
" މާލޭގައާއި އަތޮޅު ތެރޭގައި ދަމާފައިވާ ބެނާތަކާއި އެކިއެކި ޝުއޫރުތަކަށް ބަލާއިރު މާޒީގައި އެމްޑީޕީ ނުހިންގޭކަން ވަރަށް ސާފުކޮށް ފެންނަން އެބަހުރި." ރާއީ ވިދާޅުވިއެވެ.
މި ކެމްޕެއިންތެރެއިންވެރިރަށް މާލޭގައި ދަމާފައި ހުރި ބެނާތަކުން ޕާޓީގެ ހާލަތު ބުނެދެއެވެ،އާއްމު މެމްބަރުން ދައްކަމުންދާ ވާހަަކަ އާއި ބެނާތަކުގައިވާ ވާހަކަ އާއި ދިމާވެއެވެ،ވަގުތުދެވުނެވެ،ޝަކުވާޔަކާނުލައެވެ,މިހާރު އާާއްމު މެމްބަރުން ބޭނުމީ ބަދަލެކެވެ،ވޯޓުން @faya_i ހޮވާށެވެ. https://t.co/7e7I5vQX6X
— Mohamed Raee / Makunudhoo Constituency (@Mraee12) April 5, 2022
އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ ދެ ބޭފުޅުން ކަމަށްވާ މިނިސްޓަރ ފައްޔާޒާއި އިމްތިޔާޒު ފަހުމީ (އިންތި) އެވެ.
ފޯރިއާއެކު ކެމްޕެއިން ކުރިއަށްދާއިރު، އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.