ހުޅުމާލޭ ޢިމާރާތެއްގެ 5 ވަނަ ބުރިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ

ހުޅުމާލޭ ޢިމާރާތެއްގެ 5 ވަނަ ބުރިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެއެވެ.

އެ ކުއްޖާ ވެއްޓީފައިވަނީ ހުޅުމާލޭ ޕިކްޕޯސްޓް ކައިރީ ހުރި ގެއެއްގެ ފަސް ވަނަ ބުރިންނެވެ. އެއީ ޢުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައީ ރޭ 12:30 ހާއިރުއެވެ.

ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ އެކުއްޖާ ނިޔާވެފައިވަނީ ފަރުވާދެމުން ދަނިކޮށް ކަމަށާއި މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.