ފާޑުކިޔާ މީހުންނަށް ބޭލް ރައްދު ދީފި

ރިއަލް މެޑްރިޑް އަދި ވޭލްސް މަޝްހޫރު ކުޅުންތެރިޔާ ގެރެތު ބޭލް އޭނާއަށް ފާޑުކީ މީހުންނަށް ރައްދު ދީފިއެވެ.

ވޭލްސް އަދި އޮސްޓްރިއާ ބައްދަލުކުރި މެޗުގައި ބޭލްގެ މޮޅު ދެލަނޑާއެކީ ވޭލްސް 2-1 އިން މޮޅުވީއެވެ. މި މެޗުގެ ކުރިން ސްޕެއިންގެ މަޝްހޫރު ނޫހެއްކަމަށްވާ "މާރކަ" ގައި ބޭލް ސިފަކޮށްފައި ވަނީ ކްލަބަށް ކުރިމަތިވެފައިވާ ބަދުނަސީބެއްގެ ގޮތުގައެވެ. އޭގެ އިތުރުން ބޭލް އަކީ ރިއަލް މެޑްރިޑްގެ ފައިސާ މަދިރިއެއް ލޭ ބޯ ފަދައިން ބޮމުން ގެންދާ މީހެއް ކަމަށްވެސް ބުނެފައި ވެއެވެ.

ބޭލްގެ މޮޅު ދެލަނޑާއެކީ މޮޅުވުމަށްފަހު ދިން އިންޓަވިއުގައި ބޭލް ބުނީ އޭނާއާ ބެހޭގޮތުން އެ ނޫހުގައި ލިޔުނު މީހުން ލަދުގަންނަން ޖެހޭނެ ކަމަށެވެ. ބޭލްއަކީ ރިއަލް މެޑްރިޑާއެކީ 8 އަހަރު ތެރޭ 2 ލީގު ތަށި އަދި 4 ޗެމްޕިއަންސް ލީގު ނެގި ކުޅުންތެރިއެކެވެ. ނަމަވެސް މި ސީޒަން އަދި މި ވޭތުވެދިޔަ ސީޒަންތަކުގައި ބޭލް ކުރިން ކުޅުނުހައި ގިނައިންނެއް ނުކުޅެއެވެ. އިންޖަރީ ތަކުގެ ސަބަބުން އޭނާގެ ކުޅުމަށް ވަރަށް ބުރޫއެރިއެވެ. ނަމަވެސް ވޭލްސް އަދި އޮސްޓްރިއާ މެޗުގައި ޖެހި މޮޅު 2 ލަނޑާއެކީ ބޭލް ވަނީ އޭނާގެ ހުނަރު ދައްކައިފައެވެ.

(12) ESPN FC on Twitter: "GARETH BALE! OUT OF THIS WORLD 🤯 https://t.co/JcNsViMiMp" / Twitter

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.