ކޮލަމާފުށީގައި ޒުވާނުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނު ކުރުމަށްޓަކައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓުން ގއ. ކޮލަމާފުށީގައި ޕްރޮގްރާމެއް ފަށައިފިއެވެ. ޔޫތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމްގައި ކޮލަމާފުށިން 22 ޒުވާނަކު ވަނީ ބައިވެރިވެފައެވެ. ކޮލަމާފުށިގައި މި ޕްރޮގްރާމް ހިންގަނީ މެރީން މެކޭނިކްގެ ދާއިރާއިންނެވެ.

މިއީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން ދެރަވެގެން އެމްއެންކިޔޫއެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށް ދިނުމަށްޓަކައި ޔޫތު މިނިސްޓަރީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގަނީ ކައުންސިލްތަކާއި މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެންނެވެ. ބޭނުމަކީ ސްކޫލް މަރުހަލާ ނިންމާފައި ނުވަތަ ނުނިންމާ ތިބި ޒުވާނުންނަށް ޚާއްސަ ހުނަރެއް ދަސްކޮށް ދިނުމާއެކު އާމްދަނީ ލިބޭނޭ ވަޒީފާއެއް ހޯދުމަށް މަގުފަހިކޮށް ދިނުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.