ރޭޕްގެ ތުހުމަތެއްގައި މޭސަން ގްރީންވުޑް ހައްޔަރުކޮށްފި

ރޭޕްގެ ތުހުމަތެއްގައި މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިޔާ މޭސަން ގްރީންވުޑް ހައްޔަރު ކޮށްފިއެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ އޭނާ ހިތާވެގެން އުޅޭ އަންހެން ކުއްޖާ ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކަކާ ގުޅިގެންނެވެ. ފޮޓޯތަކުން ފެންނަނީ އެ ކުއްޖާއަށް އަނިޔާ ކޮށްފައިވާ މަންޒަރުތަކެކެވެ.

ގްރީންވުޑް ހައްޔަރުކުރިކަން ޔަގީންވީ ނަމަވެސް ފުލުހުން ސީދާ އެހެންނެއް ނުބުނެއެވެ. ފުލުހުން ބުނެފައި ވަނީ ރޭޕްގެ ތުހުމަތެްގައި އުމުރުން 20 އަހަރުގެ ޒުވާން ފިރިހެނަކު ހައްޔަރު ކުރި ކަމަށެވެ.

ސޯޝަލް މީޑިއާގައި ފޮޓޯތައް އާއްމުވުމާއެކު މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ގްރީންވުޑް ސަސްޕެންޑް ކޮށްފައެވެ. ބައެއް ކުޅުންތެރިން ގެންދަނީ އޭނާގެ އަމަލުތައް ކުށްވެރި ކުރަމުން ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ގްރީންވުޑްގެ ފަރާތުން އަދި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ގްރީންވުޑް މެންޗެސްޓަރ ޔުނައިޓެޑަށް ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުއެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އޭނާ ވަނީ ކްލަބާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.