ކެލާ ޢަލީ އިބްރާހީމް ޢަލީ މަނިކު އަވަހާރަވެއްޖެ

އަލްއުސަތާޒު ކެލާ ޢަލީ އިބްރާހީމް މަނިކު (ކެލާ އަލިބެ) އަވަހާރަވެއްޖެއެވެ.

ކެލާ އަލިބެއަކީ ވަރަށް މަޝްހޫރު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ސިޔާސީއެކެވެ. ރައްޔިތުންގެ މަޖިލީހުގެ ހއ. އަތޮޅުގެ މެންބަރުކަން ކުރައްވައިފައި ވެއެވެ. ރާއްޖޭގައި ނުކުތް އެކި މަޖައްލާތަކާއި ނޫސްތަކަށް ލިޔުއްވިއެވެ. ޅެން ހެއްދެވިއެވެ. އަލިބެ ލިޔުއްވައިފައިވާ ތާރީޚީ ލިޔުންތަކަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އަލިބެއަކީ ބޭރު ބަސްބަހުން ދިވެހި ބަހަށް ތަރުޖަމާވެސް ކުރެއްވި ބޭފުޅެކެވެ.

ލިޔުންތެރިކަމުގެ އިތުރަށް އަލިބެއަކީ ލިޔެލާޖެހުމާއި ކުރެހުމާއި ތަފާތު އަތްތެރި މަސައްކަތުގެ ހުނަރުވެރިއެކެވެ. ގާނޫނީ ވަކީލެކެވެ. މޮޅު ވާހަކަދެއްކުންތެރިއެކެވެ.

އަލިބެ ފާހަގަ ކުރެވިފައި ވަނީ މީހުނާ ގުޅޭ ސަމާސާ މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައެވެ. އަމިއްލަފުޅަށް އިސް ނަންގަވައިގެން މީސްމީހުނަށް އެހީތެރިވެދެއްވާ އިޜުޝާދު ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ.

އާލާސްކަންފުޅާ އުޅުއްވަމުންވެސް ފޮތް ވިދާޅުވުމާއި އޮންލައިން މަޖައްލަތާކާއި ނޫސް ވިދާޅުވަމުން ގެންދެވިއެވެ. ފަހަކަށް އައިސް ލިޔުއްވަމުން ގެންދެވީ ލިޔުންތެރިންގެ ގުޅުމުން ހިންގާ އޮންލައިން މަޖައްލާއެއް ކަމަށްވާ {ލިޔުންތެރިން" އަށެވެ.

އަލިބެގެ އުފަން ރަށަކީ ހއ. ކެލައެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 28 ފެންރުއަރީ 1945 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.