ހުކުރު މިސްކިތް ސަރަހައްދުގައި ކެފޭ ހަދަން ކުރި އިއުލާން ބާތިލް ކޮށްފި

ރާއްޖޭގައި ހުރި އެންމެ ތާރީޚީ އެއްބިނާ ކަމަށްވާ މާލޭ ހުކުރު މިސްކިތް ސަރަހައްދުގައި ކެފޭއެއް ހަދަން ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން ކުރި އިއުލާން ބާތިލް ކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އިއުލާން ބާތިލް ކޮށްފައިވާ ކަމަށެވެ.

"114 ނަންބަރު ކޮށިން ބައެއް ލޭންޑްސްކޭޕްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްޓަކައި މި މިނިސްޓްރީއިން ކޮށްފައިވާ ނަންބަރު (IUL)138-AS6/1/2017/266 (23 ނޮވެމްބަރް 2017) އިޢުލާން ބާޠިލް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ." ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާންގައި ބުނެފައިވެއެވެ.

ހުކުރު މިސްކިތު ސަރަހައްދުގައި ކެފޭ އެއް އަޅަން ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާނު ކުރުމާއެކު ވަރަށްގިނަ ފަރާތްތަކުން ދިޔައީ އެކަން ނުކުރުމަށް ގޮވާލަމުންނެވެ. ސަބަބަކީ އެއީ ދިވެހި ތާރީޚީ މުހިންމު ބިނާއެއް ކަމަށްވުމެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.