ފިލްމު ޝޫޓިންގ އެއްގައި އެލެކް ބޯލްޑްވިން އަތުން މީހަކު މަރުވެއްޖެ

މަޝްހޫރު އެކްޓަރ އެލެކް ބޯލްޑްވިން ޕްރޮޕް ބަޑިއެއްގައި ވަޒަނެއް ނެތްކަމަށް ހީކޮށް ބަޑި ޖެހުމާއެކު ދެ ޑައިރެކްޓަރުންނަށް އަނިޔާވެ އެކަކު މަރުވެއްޖެއެވެ. ފިލްމް ސެޓްތަކުގައި އާންމުކޮށް ބޭނުންކޮށް އުޅެނީ އަސްލު ބަޑިއެވެ. ނަމަވެސް އެ ބަޑިތަކައް ލައްވާ ކާރޓްރިޖްތަކުގައި ހުންނާނީ ބްލޭންކްސްއެވެ. ބްލެންކްސްއަކީ ވަޒަނަކާ ނުލާ އަޑާއި ފްލޭޝް އުފައްދާ އެއްޗެކެވެ.

ފުލުހުން ދަނީ އަދިވެސް މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި އެއްވެސް މީހަކަށް ތުހުމަތު ކޮށްފައެއް ނެތެވެ. މިހާދިސާގާއި މަރުވީ 42 އަހަރުގެ ހެލީނާ ހަޗިންސް ކިޔާ އަންހެން ފޮޓޯގްރަފީ ޑައިރެކްޓަރެކެވެ. ހެލީނާ ހޮސްޕިޓަލަށް ގެންދިޔައީ ހެލިކޮޕްޓައެއްގައެވެ. އޭނާ މަރުވީ ލިބުނު އަނިޔާއަށް ފަރުވާ ދެމުން ގެންދަނިކޮށް ހޮސްޕިޓަލުގައެވެ. އޭނާގެ އިތުރުން ދެން އަނިޔާވި އުމުރުން 48 އަހަރުގެ ޑައިރެކްޓަރ ޖޮއެލް ސޯޒާ ހޮސްޕިޓަލަށް ގެންދިޔައީ އެމްބިއުލަންސްގައެވެ.

މައްސަލައިގައި ފުލުހުންނަށް ބަޔާން ދިނުމަށް ފަހު އެލެކް ބޯލްޑްވިން ފުހުންގެ އޮފީހުން ނުކުތީ ރޮމުންނެވެ. މިކަހަލަ ހާދިސާ ތަކަކީ ވަރަށް މަދުން ކުރިމަތިވާ ކަމެއް ނަމަވެސް މީގެ ކުރިންވެސް ހާދިސދާތައް ދިމާވެފައި އެބަހުއްޓެވެ. މަޝްހޫރު އެކްޓަރ އަދި މާޝަލް އާރޓިސްޓް ބްރޫސް ލީގެ ދަރިފުޅު ބްރެންޑަން ލީ މަރުވީވެސް ޕްރޮޕް ބަޑި އެއްގައި އޮތް އަސްލު ވަޒަނެއް އަރައިގެންނެވެ. ބްރެންޑަން ލީގެ ދައްތަ ޝެރޮން މިހާދިސާއާ ގުޅިގެން ބުންޏެވެ. "ފިލްމް ސެޓެއްގައި ބަޑިއެއްގެ ވަޒަނެއް އަރައިގެން މަރުވުން މިއީ އެއްވެސް ހާލެއްގައި ވެގެންވާނެ ކަމެއް ނޫނެވެ."

މި ހާދިސާ ހިނގާފައި ވަނީ "ރަސްޓް' ނަމަކަށް ކިޔާ ފިލްމެއްގެ ޝޫޓިންގ ގެ ތެރޭގައެވެ. ފިލްމުގެ ޕްރޮޑިއުސަރަކީވެސް އެލެކް ބޯލްޑްވިންއެވެ. އޭނާ ބަޑިޖަހަން ހަމަޖެހިފައި އޮތީ ކެމެރާއާ ދިމާއަށެވެ. އެހެންނަމަވެސް ބަޑި ޖެހުމުގެ ކުރިން ދިމާވީ ގޮތަކުން އިޚްތިޔާރަކާ ނުލައި ޖެހުނީ ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. އެލެކް ގެ އަތަށް ބަޑި ދިން އެސިސްޓަންޓް ޑިރެކްޓަރަކީ 2019 ވަނަ އަހަރުވެސް މި ފަދަ ހާދިސާއެއް ދިމާވެގެން މަސައްކަތުން އެކަހެރި ކުރެވުނު މީހެކެވެ. އެ ހާދިސާގައި ބަޔަކަށް އަނިޔާވީ ނަމަވެސް އެކަކުވެސް މަރެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.