މަޅުމަތި: ލިޔުންތެރިޔާ

އަޙްމަދު ބުންޏެވެ.
އަހަރެން މިއީ ޚަބަރު ލިޔާ މީހަކީމެވެ.
ދުވާލަކު ހައެއްކަ ޚަބަރު ލިޔެގެން މަހަކު ފަސްހާސް ރުފިޔާ ހޯދަމެވެ.

ޢަލީ ބުންޏެވެ.
އަހަރެން މިއީ ރޭޑިއޯ ޑްރާމާ ލިޔާ މީހަކީމެވެ.
މަހަކު ޑްރާމާއެއް ލިޔެގެން ހަތް ހާސް ރުފިޔާ ހޯދަމެވެ.

އިބްރާހީމް ބުންޏެވެ.
އަހަރެން މިއީ ވާހަކަ ލިޔާ މީހަކީމެވެ.
ދެމަހުން އެއް މަހު ދިގު ވާހަކައެއް ލިޔަމެވެ.
ވާހަކަ ވިއްކައިލަނީ ހަހާސް ރުފިޔާއަށެވެ.

ޙަސަން ބުންޏެވެ.
އަހަރެން މިއީ ފިލްމް ސްކްރިޕްޓް ލިޔާ މީހަކީމެވެ.
ސްކްރިޕްޓް ލިޔެގެން މަހަކު ފަސް ހާސް ރުފިޔާ ހޯދަމެވެ.

ނަޢީމު ބުންޏެވެ.
ކަލޭމެންނަށް ތިޔަ ލިބެނީ އެއްވެސް އެއްޗެއް ނޫނެވެ.
އަހަރެން މިއީ ކޮންމެ ދުވަހަކު ލިޔާ މީހަކީމެވެ.
ލިޔެގެން މަހެއްގެ މައްޗަށް ލައްކައެއްހައި ރުފިޔާ ހޯދަމެވެ.

އަޙްމަދު ހައިރާން ވެފައި އަހައިލިއެވެ.
ކަލޭ ލިޔަނީ ކޮން އެއްޗެއް ހެއްޔެވެ؟

ނަޢީމު ބުންޏެވެ.
ތަވީދެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.