މައިކްރޯސޮފްޓް ވިންޑޯޒް 11 ނެރެފި

މައިކްރޯސޮފްޓް ވިންޑޯޒް 11 ނެރެފިއެވެ. މިއަދަކީ ވީންޑޯޒް 11 ނެރެން ހަމަޖައްސާފައި އޮތް ދުވަސް ކަމުގައި ވިޔަސް އިއްޔެއިން ފެށީގެން ވިންޑޯޒް ސައިޓުން އެ އޮޕަރޭޓިނގ ސިސްޓަމް ޑައުންލޯޑު ކުރެވެން އެބަހުއްޓެވެ.

ސައިޓުން ޑައުންލޯޑު ކުރެވެން ހުރި ކަމުގައި ވިޔަސް ޕީސީ ނުވަތަ ލެޕްޓޮޕްގެ އަޕްޑޭޓް ސެޓިންގ ގެ ތެރެއިން ފެންނާން ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ މައިކްރޯސޮފްޓުން އެކި ދުވަސްވަރު އެކި ސިސްޓަމްތަކަށް އަޕްޑޭޓް ފޮނުވުމެވެ. މިއީ ވިންޑޯޒް 10 ބޭނުންކުރާ މީހުންނަށް ހިލޭ އަޕްގްރޭޑް ކުރެވޭ ގޮތަށް ނެރެފައިވާ އޯއެސްއެކެވެ. ވިންޑޯޒް 10 ބޭނުން ނުކުރާ މީހުންނަށް ވަކި ގަންނަން ލިބޭނޭ އަގެއް އަދި މައިކްރޯސޮފްޓުން ހާމައެއް ނުކުރެއެވެ.

މިއަދުން ފެށިގެން ޑައުންލޯޑު ކުރެވެން ހުރި ކަމުގައި ވިޔަސް އެންމެ ރަނގަޅު ގޮތަކީ މައިކްރޯސޮފްޓުން ދެތިން އަޕްޑޭޓެއް ނެރެންދެން މަޑުކޮށްލުމެވެ. ގިނަ ފަހަރަށް ފުރަތަމަ ވާޝަންގައި ކުދި މައްސަލަ ހުރެއެވެ.

ވިންޑޯޒް 11 ސަޕޯޓުކުރަނީ ކޮން ކަހަލަ ކިހައި ފެންވަރެއްގެ ޕްރޯސެސަރއަކަށްތޯ ކުރެވޭ ސުވާލު މިހާރުވެސް ވަނީ ފެންމަތިވެފައެވެ. މާ ފެންވަރު ދަށް ޕްރޯސެސަރ ސަޕޯޓުކޮށްފައި ފެންވަރު ރަނގަޅު ޕްރޯސެސަރ ސަޕޯޓު ނުކުރާ ކަމަށް ވާހަކަ ދެކެވެން ފަށައިފިއެވެ.

ސަޕޯޓު ކުރޭތޯ ބަލަނީ ހަމައެކަނި ޕްރޯސެސަރ އަކުންނެއް ނޫނެވެ. އެހެން ޝަރުތުތަކެއްވެސް ފުރިހަމަ ވާން ޖެހެއެވެ. މައިކްރޯސޮފްޓުން ވަނީ ޕީސީއަށް ވިންޑޯޒް 11 އެޅޭނެތޯ ބަލާނޭ ކުޑަ ޔުޓިލިޓީއެއް ނެރެފައެވެ. އެހެންވީމާ އެންމެ ފުރަތަމަ އެ ޔުޓިލިޓީގެ ބޭނުން ކޮށްގެން ޕީސީ ނުވަތަ ލެޕްޓޮޕް ޓެސްޓު ކޮށްލުން ރަނގަޅެވެ. ތިރީގައި މިވާ ލިންކުން އެ ޔުޓިލިޓީ ޑައުންލޯޑު ކުރެވޭނެއެވެ.

Upgrade to the New Windows 11 OS | MicrosoftUpgrade to the New Windows 11 OS | Microsoft

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.