އިންޑިއާ އެގްޒިމް ބޭންކާއެކު 2 ލޯނެއްގެ އެއްބަސްވުމުގައި އެފް.ޑީ.ސީއިން ސޮއިކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަންއިން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ 4000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށްޓަކައި ލޯން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ލޯން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ވާރޗުއަލްކޮށް ބޭއްވުނު ޙާއްސަ ރަސްމިއްޔާތެއްގައެވެ. އެފް.ޑީ.ސީ އަދި އެގްޒިމް ބޭންކުގެ އިތުރުން މިނިސްޓަރ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އޮނަރަބަލް ފައްޔާޒް އިސްމާއިލް، މިނިސްޓްރ އޮފް ފައިނޭންސް އޮނަރަބަލް އިބްރާހިމް އަމީރު، ރާއްޖެއަށް ކަނޑައަޅާފައިހުންނަ އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރު، މިނިސްޓަރ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްރަކްޗާރ އަލްފާޞިލް އަކްރަމް ކަމާލުއްދީން، ރައީސް އޮފީހުގެ އިސްވެރިން، އިންޑިޔާ އެގްޒިމް ބޭންކްގެ އޮފިޝަލުންނާއި މިމަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންކަމަށްވާ އެން.ބީ.ސީ.ސީ (އިންޑިޔާ) ލިމިޓެޑް އަދި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިޔާ) ލިމިޓެޑްގެ އިސްވެރިންގެ އިތުރުން އެފް.ޑީ.ސީގެ ބޯޑް ޑިރެކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ސޮއި ކުރެވުނު 2 ލޯނު އެއްބަސްވުމަކީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ އެން.ބީ.ސީ.ސީ (އިންޑިއާ) ލިމިޓެޑްއާއި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް އާއި އާއިއެކު އެފް.ޑީ.ސީގެ ފަރާތުން ސޮއި ކުރެވިފައިވާ އީ.ޕީ.ސީ ކޮންޓްރެކްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 4000 ސޯޝަލް ހައުސުންގ ޔުނިޓްތައް ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ ސަވަރިންގ ގެރެންޓީގެދަށުން ހަމަޖެހިފައިވާ ދެ ލޯނެކެވެ. މިއީ އެން.ބީ.ސީ.ސީ (އިންޑިއާ) ލިމިޓެޑާއިކު ސޮއި ކުރެވިފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެދަށުން ތަރައްގީކުރެވޭ 2000 ސޯޝަލް ހައުސިންގ ޔުނިޓް އާއި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑާއިކު ސޮއި ކުރެވިފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެދަށުން ތަރައްގީކުރެވޭ 2000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަސައްކަތްތަކެވެ. މިއީ  116.45 މިލިއަން ޔޫއެސް ޑޮލަރު ގެ ލޯނަކާއި އަދި 110.5 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނެކެވެ.

ބޯހިޔާވަހިކަމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަމެއްކަން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ހޮނަރަބަލް ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި އިތުރު 4000 ޔުނިޓު ހެޔޮ އަގުގައި ލިބުމަކީ ރައްޔިތުންނަށް ލުއިތަކެއްލިބި އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނެވޭނެކަމެއްކަމަށް ވިދާޅުވިއެވެ. ހަމަ މިމޭމުރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ފިނޭންސް އޮނަރަބަލް އިބްރާހިމް އަމީރު ފާހަގަ ކުރެއްވީ މިއީ މިފަދަ އެހެން މަޝްރޫޢުތަކާ އަޅާ ބަލާއިރު އަގު ހެޔޮ. ތަނަވަސް ޔުނިޓު ތަކެއް އިމާރާތް ކުރެވޭ މަޝްރޫޢުއެއްކަމެވެ. މިފަދަ މުހިންމު މަޝްރޫޢުތަކުގައި އެހީތެރިކަން ލިބޭނެކަމަށް ހައި ކޮމިޝަނަރ ސަންޖޭ ސުދީރު ވިދާޅުވިއެވެ.

އެން.ބީ.ސީ.ސީ (އިންޑިއާ) ލިމިޓެޑް އާއި އެފް.ޑީ.ސީގެ ފަރާތުން އީ.ޕީ.ސީ އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ 2 ފެބްރުއަރީ 2021 ވަނަ ދުވަހުއެވެ. އަދި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް އާއި އެފް.ޑީ.ސީގެ ފަރާތުން އީ.ޕީ.ސީ އެއްބަސްވުމުގައި ސޮއި ކުރެވިފައި ވަނީ 8 މާރިޗް 2021 ވަނަ ދުވަހުއެވެ. މި 2 މަޝްރޫޢުގެދަށުން އިމާރާތްކުރެވޭނީ 2 ކޮޓަރި އާއި 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެވެ. އޭގެތެރޭގައި 2 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާއެވެ. އަދި 3 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓޫ ހުންނާނެއެވެ.

މިމަޝްރޫޢުތަކުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށްޓަކައި ދަނީ ތައްޔާރުވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.