ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި ޖުމްހޫރީ ފަންސާހުގެ ލޯގޯ ބޭނުން ކުރަން ނިންމައިފި

2018  ވަނަ އަހަރަކީ، ދިވެހި ޖުމްހޫރިއްޔަތަށް ފަންސާސް އަހަރު ފުރޭ އަހަރުކަމަށް ވުމާއެކު، ޖުމްހޫރީ ފަންސާހުގެ ޙަރަކާތްތަކުގައި ބޭނުންކުރެއްވުމަށްޓަކައި ކަނޑައަޅުއްވާފައިވާ ލޯގޯ، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހަމަޖައްސަވައިފިއެވެ.

ވީމާ، 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ކުރިއަށް އޮތް އަހަރުދުވަހުގެ ތެރޭގައި، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި، ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މަޢުލޫމާތު، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ސަރުކާރުގެ އޮފީސްތަކަށް ދެއްވާނެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.