ދުނިޔޭގެ އެންމެ ގިނަ ތަށި ހޯދި ކުޅުންތެރިޔާ ކުޅޭނޭ ކުލަބެއް ނެތިފައި

ޑެނީ އެލްވެޒް އަކީ އެއް ޒަމާނެއްގައި ދުނިޔޭގެ އެންމެ މޮޅު ރައިޓްބެކެވެ. އޭނާއަކީ ދުނިޔޭގެ އެންމެ ގިނަ ތަށްޓާއި މެޑަލް ހޯދައިފައިވާ ކުޅުންތެރިޔާއެވެ. އޭނާގެ އުމުރުން 38 އަހަރު ފުރިގެން ދިޔައިރުވެސް އަދިވެސް ކުޅެމުން އެބަދެއެވެ. އެކަމަކު 3 އަހަރު ވަންދެން ބްރެޒިލް ކްލަބް ސައު ޕައުލޯއަށް ކުޅެފައި އެ ކުލަބުން ވަކި ވެއްޖެއެވެ.

އޭނާ ކްލަބު ދޫކޮށްލީ މުސާރައިގެ މައްސަލައެއްގައެވެ. ސައު ޕައުލޯ ދަރަނިވެރިވެފައި އޮތީމާ ޑެނީ އެލްވެޒް އެދޭ މިންވަރުގެ މުސާރައެއް ނުދެވުނެވެ. ޑެނީ އެލްވެޒް އަކީ ސްޕެނިޝް ލީގާއި ބާސެލޯނާގެ ލެޖެންޑެއްގެ ގޮތުގައި ބަލާ ކުޅުންތެރިއެކެވެ. ބާސެލޯނާ ތިން ތަށި ހޯދި ފަހަރު އޭނާ ތިން މުބާރާތުގައިވެސް ވަރަށް މުހިންމު ބައެއް އަދާކުރިއެވެ. އޭނާ ކެރިއަރުގެ އެންމެގިނަ ތަށި ހޯދީ ބާސެލޯނާއާ އެކުގައެވެ. ނަމަވެސް ޑެނީ އެލްވެޒް މިހާތަނަށް ކުޅުނު ހުރިހާ ކްލަބެއްގައި ވަނީ ތަށިތަށް ކާމިޔާބު ކޮށްފައެވެ. އޭނާ ބާސެލޯނާ ދޫކޮށްފައި ޔުވެންޓަސް، ޕީއެސްޖީ އަދި ސައު ޕައުލޯއާއެކު ވަނީ ތަށި އުފުލާފައެވެ. ބްރެޒިލް ގައުމީ ޓީމަށްވެސް ވަނީ ތަށި އަދި މެޑަލް ވެސް ހޯދާފައެވެ.

އެކަމަކު މިހާރު ޑެނީ އެލްވެޒް ހުރީ ކުޅޭނޭ ކުލަބެއް ނެތިފައެވެ. އޭނާ ދެން ދާ ކްލަބަކަށްވެސް އެކަށިގެންވާ ކާމިޔާބީއެއް ހޯދައިދޭނޭ ކަމަށް އޭނާއަށް ތާއީދުކުރާ މީހުން ތިބީ އުއްމީދު ކޮށްގެންނެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.