ތިލަ މާލެ ބްރިޖުގެ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

"ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަރމަނަންޓް ސެކްރެޓްރީ ޒީނިޔާ އަހުމަދު ހަމީދާއި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރު އާރު. އަނަންދުރަ ކުމާރެވެ.

މި މަޝްރޫޢުގެ މަސަައްކަތް ޙަވާލުކޮށްފައިވަނީ އިންޑިއާގެ  އެފްކޮންސް އިންފްރާސްޓްރަކްޗަރާއެވެ. މާލެއާއި ވިލި މާލެއާއި ގުޅިފަޅާއި ތިލަފުއްޓާ ގުޅާލާ މަޝްރޫޢުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ބްރިޖަކާއި ކޯޒްވޭ ހިމެނޭ މަގަކުން މިސަރަޙައްދު ގުޅާލަން ވަނީ ނިންމާފައެވެ.

މި މަޝްރޫޢަކީ އިންޑިއާ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އަމާޒުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.