ޗީފް ސްޕްރިންޓެންޑެންޓްގެ މަގާމަށް ޖަމްޝީދު ޑީމޯޓް ކޮށްފި

އެސިސްޓެންޓް ކޮމިޝަނަރު  އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ޖަމްޝީދު މަގާމު ދައްކަންކޮށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް އަނެއްކާ ވެސް ޑީމޯޓްކޮށްފި އެވެ.

ޖަމްޝީދު މަގާމުން ދަށްކޮށްފައި ވަނީ ކުޑަދުވަސް ކޮޅެއް ކުރިން ކަމަށްވެއެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޖަމްޝީދުގެ މައްޗަށް ވަނީ  އިދާރީ ފިޔަވަޅުތަކެއް އަޅައި އައްޑޫ ސިޓީއަށް އޭނާ ބަދަލު ކުރަންވެސް ނިންމާފައި ކަމަށްވެއެވެ. ނަމަވެސް ފުލުހުންގެ ވެރިންނާއި އާދައިގެ ފުލުހުންނާ ދެކޮޅަށް އެޅޭ މިޒާތުގެ އިދާރީ ފިޔަވަޅުތަކާބެހޭ ގޮތުން ފުލުހުން މީޑިޔާއަށް މައުލޫމާތު ނުދެއެވެ.

ފުލުހުންގެ އިންޓެގްރޭޓެޑް ސާވިސް ކޮމާންޑްގެ ވެރިޔާގެ މަގާމަށް ޖަމްޝީދު އައްޔަންކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ.  ޖަމްޝީދުގެ އިތުރުންވެސް ފުލުހުންގެ އިދާރާގެ އެހެން ބަޔެއް އިސްވެރިންތަކަށްވެސް ދާދި ފަހުން ވަނީ އިދާރީ ބޮޑެތި ފިޔަވަޅު ތަކެއް އަޅާފައެވެ. އަދި ބަޔެއް ވެރިން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވެސް ވެއެވެ.

ފުލުހުންގެ ވަޒީފާއިން ދާދި ފަހުން ވަކި ކުރި އިސްވެރިންގެ ތެރޭގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް އާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ރިޔާޒު ހިމެނެއެވެ. ވަކިކުރައްވާފަ އެވެ. މީގެއިތުރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން އާދަމްގެ މަގާމު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ދައްކޮށް، ކޮމިޝަނާ އޮފް ޕޮލިސްގެ ބިއުރޯގެ ވެރިޔަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވަނީ އެމަގާމުން ދުރުކޮށްފަ އެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.