ޑރ.ޒިޔާދުގެ މައްޗަށް ހިންގާ ޝަރީޢަތުގެ އަޑުއެހުންތައް ފަށައިފި

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާގެ ޝަރީޢަތް ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅައިފިއެވެ.

ޑރ.ޒިޔާދުގެ މައްޗަށް ދައުވާކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް މިހާތަނަށް މިމައްސަލައިގެ ޝަރީޢަތެއް ކުރިއަކަށް ނުދެއެވެ. މިއަދު ބާއްވާފައިވަނީ މިމައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

ޑރ.ޒިޔާދުގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. އެއީ މަޖީދީ މަގުގައި ހުންނަ މަސްޖިދުއްޒިކުރާ އަލުން 10 ބުރިއަށް ޢިމާރާތްކުރުމަށް އެސް ޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާފައިވާ ކަމުގެ ތުހުމަތުގައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑރ.ޒިޔާދުގެ މިނިސްޓަރުކަމުގައި ޒިކުރާ މިސްކިތް ހުރި ބިމުގައި"ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓަރަކްޝަނާއި ހަވާލުކުރީ 2018ވަނަ އަހަރުއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 130 މިލިއަން ރުފިޔާއަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.