ފަރަށް އެރި ބޯޓު ފުންކުރަން ލަންކާއިން ޓަގުބޯޓެއް ގެންނަނީ

ކ.ރަސްފަރީގެ ހުޅަނގު ފަރާތު ފަރަށް މިދިޔަ ބުރާސްފަތި ދުވަހު އެރި އާގުބޯޓު ފުންކުރުމަށް އަވަށްޓެރި ސްރީލަންކާއިން ޓަގުބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް)އިން ވިދާޅުވެއްޖެއެވެ.

ގްރީސްގެ ކުންފުންޏަކަށް ނިސްބަތްވާ    އާގުބޯޓުގެ އޭޖެންޓަކަށް "އަންޓާކް މޯލްޑިވްސް" ނަމަކަށްކިޔާ ދިވެހި ކުންފުންޏެއް ހަމަޖައްސާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.   ބޯޓު ފުންކުރުމަށްޓަކާ ސްރިލަންކާއިން ގެންނަ ޓަގުބޯޓު އަންނަމ ހޯމަދުވަހު ރާއްޖެއަށް އަންނާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ބޯޓު ކ.ރަސްފަރީގެ ހުޅަނގު ފަރާތު ފަރަށް އެރީ އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަނިކޮށެވެ. މިއީ 19 މީހުނާއެކު ދަތުރުކުރި ބޯޓެކެވެ. އެއީ މުޅިންވެސް ފިލިޕީންސް މީހުންނެވެ.

ބޯޓު ފަރަށް އަރައިފައިވަނީ އިންޖީން ހުއްޓުމުގެ ސަބަބުންނެވެ. މި ބޯޓު ރަޖިސްޓްރީކޮށްފައިވަނީ ޕެނަމާގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.