މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 150 މީހުން

ރާއްޖެއިން އިތުރު 150 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 30 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 101 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހަކާއި ސަފާރީތަކުން ޕޮޒިޓިވްވި 2 މީހެކެވެ. މިއާއެކު މިހާތަނަށް ޖުމުލަ 73،094 މީހުންވަނީ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަމުންދާ 4،067 މީހުން މިވަގުތު ރާއްޖޭގައި އެބަތިއްބެވެ. މިވަގުތު 30 މީހުންނަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެއެވެ.

މިއަދު އިތުރު 377 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެތެރެއިން 68،806 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.