ޔޫރޯ 2020: ސްވިޑް އާއި ސްޕެއިން ދެވަނަ ބުރަށް ހިނގައްޖެ

ޔޫރޯ 2020 މުބާރާތުގެ ދެވަނަ ބުރަށް ގްރޫޕް އިން ސްޕެއިނާއި ސްވިޑްން ހޮވިއްޖެއެވެ. ސްވިޑްން ދެވަނަ ބުރަށް ދިޔައީ 7 ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މިރޭގެ މެޗުގައި ސްވިޑްން ކުޅުނީ ޕޮލަންޑާއެކީގައެވެ. 3 ލަނޑު 2 ލަނޑުން މޮޅުވީ ސްވިޑްނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެޗު ފެށުނުތާ މިނިޓއްވެސް ނުވަނީހެވެ. މި ލަނޑު ޖެހީ އެމީލް ފޯސްބާގެވެ. ދެވަނަ ލަނޑު ޖެހީ މެޗުގެ 59 ވަނަ މިނިޓުގައެވެ.

ސްވިޑްންގެ ދެވަނަ ލަނޑަށް ފަހު ކުޑަކޮށް ފަހަތަށް ސަމާލުކަން ދިން ވަގުތު ޕޮލަންޑުން ވަރަށް ރަނގަޅަށް ކުޅެން ފެށިއެވެ. ޚާއްސަކޮށް ޓީމިގެ ކެޕްޓްން ލެވޮންޑޮސްކީގެ ކުޅުން ފާހަގަ ކުރެވުނެވެ. ޕޮލަންޑްގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 61 ވަނަ މިނިޓުގައި ލެވޮންޑޮސްކީއެވެ. ދެވަނަ ލަނޑުވެސް ޖެހީ އޭނާއެވެ. އެއީ 84 ވަނަ މިނިޓުގައެވެ.

މެޗު އެއްވަރު ކުރެވުނީމާ މޮޅު ވެވިޮދާނޭ ކަމުގެ އުއްމީދާއެކު ޕޮލަންޑުން މުޅި ކުޅުން އަމާޒުކޮށްލީ ކުރިއަށެވެ. ހަމަލާތައް އުފައްދަމުން ގެންދިޔައީ ހަލުވިކަމާއެކީގައެވެ. ނަތީޖާއަކަށްވީ ފަހަތުން ހުސް ތަން ފެންނާން ފެށުމެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ އިތުރު ވަގުތުގައި ސްވިޑްން އަނެއްކާވެސް ލަނޑެއް ޖަހައި މެޗުން މޮޅުވީއެވެ.

ސްޕެއިން އަށް މިރޭގެ މޗުގައި ލިބުނު ޕެނަލްޓީ ސޮލްވާކިއާގެ ކީޕަރު މަތަކުރީއެވެ.

ސްޕެއިން އާއި ސލޮވާކިއާގެ މެޗުގައި ސްޕެއިންގެ ފުރަތަމަ ލަނޑަކީ ސޮލްވާކިއާގެ ގޯލްކީޕަރުގެ އަތުން ޖެހުނު ލަނޑެކެވެ. ގޯލާ ދިމާއިން މައްޗަށް އެރި ބޯޅަ ގޯލުގެ މަތީ ދަނޑި ކައިރިން ތިރިއަށް އައި ވަގުތު މަތީން ބޭރަށް ފޮނުވައިލުމުގެ ބޭނުމުގައި އަތުން ޖެހީމާ ގޮސް ވަނީ ގޯލުގެ އެތެރެއަށެވެ. އެއީ މެޗުގެ 30 ވަނަ މިނިޓުގައެވެ.

ފުރަތަމަ ލަނޑަށް ފަހު ފެނިގެން ދިޔައީ ސްލޮވާކިއާއަށް މެޗުގެ ކޮންޓްރޯލް ގެއްލި ސްޕެއިން މުޅި މެޗު ކޮންޓުރޯލު ކޮށްގެން ކުޅެން ފެށިތަނެވެ.

ސްޕެއިންގެ ދެވަނަ ލަނޑު ޖަހައިފައި ވަނީ ފުރތަތަމަ ހާފުގެ ވަގުތު ހަމަވެ ދިން އިތުރު ވަގުތުގައެވެ.

ތިންވަނަ ލަނޑު ޖަހައިފައި ވަނީ ދެވަނަ ހާފުގެ 10 ވަނަ މިނިޓުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.