ކޮވިޑް-19 : އިތުރު 142 މީހުން ޕޮޒިޓިވް

ރާއްޖެއިން އިތުރު 142 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އޭގެތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 51 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 88 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 2 މީހަކައި ސަފާރީއަކުން ޕޮޒިޓިވްވި މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 71،498އަށް އަރާފައެވެ.

މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 6،106  މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 53 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ.

މިރޭ އަލަށް މިބަލިން ރަނގަޅުވީ 964 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 65,178  މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިހާރުވަނީ 203އަށް އަރާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.