ކޮވިޑް-19 : އިތުރު 224 މީހުން ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 224 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އޭގެތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 111 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 105 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 8  މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 70،897   އަށް އަރާފައެވެ.

މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 8،155  މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 79 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ.

މިރޭ އަލަށް މިބަލިން ރަނގަޅުވީ 772 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 62,533  މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.