ކޮވިޑް-19 : މިރޭ ޕޮޒިޓިވްވީ 323 މީހުން

ރާއްޖެއިން އިތުރު 323 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އޭގެތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 163 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 143 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 9 މީހުންނާއި ސަލާފީތަކުން ޕޮޒިޓިވްވި 8 މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 69،536  އަށް އަރާފައެވެ.

މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 14،281  މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 115މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ.

މިރޭ އަލަށް މިބަލިން ރަނގަޅުވީ 1،663 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 55,055  މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3،819 މީހުންގެ ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 191 މީހުންވަނީ ނިޔާވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.