ކޮވިޑް-19 : މިރޭ ޕޮޒިޓިވްވީ 710 މީހުން

ރާއްޖެއިން އިތުރު 710 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.  އޭގެތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 488 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 202 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 5 މީހަކާއި ހަދަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 64،396 އަށް އަރާފައެވެ.

މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 24،109  މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 104 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ.

މިރޭ އަލަށް މިބަލިން ރަނގަޅުވީ 803 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 40,117  މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓްކުރުމަށްޓަކައި 5,310  ސާމްޕަލެއް ވަނީ ނަގާފައެވެ.

މިހާތަނަށް މިބަލީގައި ރާއްޖެއިން 161 މީހުން ވަނީ ނިޔާވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.