ކޮވިޑް-19 : އިތުރު 1،062 މީހުން ޕޮޒިޓިވް

ރާއްޖެއިން އިތުރު 1،062މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.  އޭގެތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 699 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 353 މީހުންނާއި ހަދަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 62،906 އަށް އަރާފައެވެ.

މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 24،507  މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 240 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ.

މިރޭ އަލަށް މިބަލިން ރަނގަޅުވީ 1،371 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 38,233  މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓްކުރުމަށްޓަކައި 4,832 ސާމްޕަލެއް ވަނީ ނަގާފައެވެ.

މިހާތަނަށް މިބަލީގައި ރާއްޖެއިން 157 މީހުން ވަނީ ނިޔާވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.