އެމް.ޑަބްލިޔު.އެސްސީ އިން ޚިދުމަތްދޭ ރަށްރަށުގެ ބިލްތަކުން މިމަހުން ފެށިގެން ޑިސްކައުންޓްދޭނެކަން ހާމަކޮށްފި

ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާއި ގުޅިގެން ސަރުކާރުން ނިންމަވާފައިވާ ފަދައިން، އެމް.ޑަބްލިޔު.އެސްސީން ޚިދުމަތްދޭ ރަށްރަށުގައި، މި ހިނގާ މެއި މަހުގެ ފެން އަދި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ހާމަކުރައްވައިފިއެވެ.

މިގޮތުން، ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ.ދުވާފަރު، ކ.މާފުށި އަދި ހދ.ކުޅުދުއްފުށީގެ ކޮންމެ ގޭބީސީ އެއްގެ 2021 ގެ މެއި މަހުގެ ފެން ބިލުން 30 އިންސައްތަ އަދި ކޮންމެ ވިޔަފާރިއެއްގެ 2021 ގެ މެއި މަހުގެ ފެން ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. މީގެ އިތުރުން، އެމް.ޑަބްލިޔު.އެސް.ސީ އިން ރ.ދުވާފަރުގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ޚިދުމަތުންވެސް ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފައެވެ. ދުވާފަރުގެ ކޮންމެ ގޭބީސީއެއްގެ 2021 ގެ މެއި މަހުގެ ކަރަންޓު ބިލުން 40 އިންސަތަ އަދި ކޮންމެ ވިޔަފާރިއެއްގެ 2021 ގެ މެއި މަހުގެ ކަރަންޓް ބިލުން  20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.