މާލޭގެ މެދުޒިޔާރަތް ގޯތިތެރޭގައި ހެދިފައިހުރި ބައެއް ގަސްގަހުގެ މޫތަކުގެ ސަބަބުން އެޒިޔާރަތުގެ ބޭރު ފާރާއި އެހެން ބައިތަކަށް ލިބެމުންދާ ގެއްލުމުގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާކުރައްވަމުންދާކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.
އެމަރުކަޒުން ވިދާޅުވީ މެދު ޒިޔާތަރުގެ ގޯތިތެރޭގައިވާ ބިޔަ ގަސްގަހުގެ މޫތަކުގެ ސަބަބުން ޒިޔާރަތުގެ ބޭރު ފާރަށާއި ދިދަ ދަނޑިއަށް އެކި ވަރުގެ ގެއްލުންތައްދަނީ ލިބެމުންކަމަށެވެ. މި ގެއްލުންތަކުގެ އެސެސްމެންޓެއް އެމަރުކަޒުގެ ފަރާތުން މިހާރުވާނީ ތައްޔާރުކޮށްފައިކަމަށްވެސް އެސެންޓަރުން ވިދާޅުވެއެވެ.
މެދުޒިޔާރަތަކީ ދިވެހިރާއްޖޭގެ ރަސްގެފާނު އެބޭކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމްވެ ވަޑައިގެންނެވި ކަލޭގެފާނު ފަސްދާނުލެވިފައިވާ ތަނެވެ. އެކަލޭގެފާނު އަވަހާރަވީ 26 ޛުލްޤައިދާ 548ހ. ގައެވެ. މެދުޒިޔާރަތުގެ ފާރަކީވެސް 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އުވަ ފާރެކެވެ. (1/3) pic.twitter.com/bKEf6eMfa4
— National Center for Cultural Heritage (@HeritageMv) May 23, 2021
"މެދުޒިާރަތުގެ ގޯތިތެރޭގައި ހުރި ގަހުގެ ސަބަބުން ދިމާވާ ގެއްލުންތަކުން 100 އަހަރަށްވުރެ ގިނަދުވަސްވީ ފާރާއި ދިދަ ދަނޑި ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ގުޅުންހުރި ފަރާތްތަކާ މިދަނީ މަޝްވަރާކުރަމުންނެވެ." ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.
މެދުޒިޔާރަތަކީ ދިވެހިރާއްޖޭގެ ރަސްގެފާނު އެބޭކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމްވެ ވަޑައިގެންނެވި ކަލޭގެފާނު ފަސްދާނުލެވިފައިވާ ތަނެވެ. އެކަލޭގެފާނު އަވަހާރަވީ 26 ޛުލްޤައިދާ 548ހ. ގައެވެ. މެދުޒިޔާރަތުގެ ފާރަކީވެސް 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އުވަ ފާރެކެވެ.