ކޮވިޑް-19 : ބުދަ ދުވަހުން ފެށިގެން ފިޔަވަޅުތައް ވަރުގަދަކުރަނީ

ކޮވިޑް-19ގެ ޙާލަތާ ގުޅިގެން މާލެ ސަރަޙައްދުިގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންނަ ބުދަދުވަހުން ފެށިގެން އިތުރުކޮށް ވަރުގަދަކުރަން ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި ކުރެއްވި ޓްވީޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީޒް ވިދާޅުވީ ކޮވިޑް-19އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަހުގެ 26ވަނަ ދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ.

ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ނިންމަވާފައި ވީނަމަވެސް މާލެ ސަރަޙައްދު ފުރަބަންދުކުރުމަށް އަދި މިހާތަނަށް ނިންމަވާފައި ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ޙާލަތު ރާއްޖޭގައި އިންތިހާއަށް ގޯސްވެ ކޮންމެ ދުވަހަކުވެސް ރެކޯޑް މިނިންވަރަކަށް ދަނީ މީހުން ޕޮޒިޓިވްވަމުންނެވެ. އެގޮތުން މިހާރުގެ ޙާލަތަށް ބަލާއިރު، އާބާދީގެ ނިސްބަތުން ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުން ދުނިޔޭގެ ނިސްބަތުންވެސް ރާއްޖޭގައި އުޅެނީ މަތީގައެވެ. މީގެ އިތުރުން މިބަލީގައި ނިޔާވާ މީހުންގެވެސް ފަހަކަށްއައިސްވަނީ ކަންބޮޑުވަންޖެހޭ މިންވަރަކަށް އިތުރުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.