ރައީސް ނަޝީދުގެ ހަށިކޮޅަށް ވީ އަނިޔާ ފެންނަ ފޮޓޯތައް އާއްމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެންނއެމަނިކުފާނުގެ ހަށިކޮޅަށް ވެފައިވާ އަނިޔާ ދައްކައިދޭ ފޮޓޯތަކެއް ރައްޔިތުންގެ މަޖިލީހުން އާއްމު ކޮށްފިއެވެ. މަޖިލީހުގެ މީޑިއާ ސެކްޝަނުން ބުނެފައިވާ ގޮތު8ގައި މި ފޮޓޯތައް އާއްމު ކޮށްފައި ވަނީ އެމަނިކުިފާނުގެ އިޒުނަފުޅާއެކީގައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައި ވަނީ އެމަނިކުފާނު ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން މަޖީދީ މަގަށް ނުކުމެވަޑައިގަތްތަނާ ކައިރީގައި ހުރި ހުރި މޮޓަރުސައިކަލެއްގައި ބާއްވައިފައި އޮތް އައިއީޑީއެއް ގޮއްވާލައިގެންނެވެ. އެއީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ 8.27 ގައެވެ.

ހަމަލާއަށް ފަހު އެމަނިކުފާނުގެ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް 16 ގަޑިއިރު ވާންދެން އެތައް އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. ހަށިކޮޅަށް ވަދެފައި ހުރި ރޭޒާފުށްތައް ފުރާނަފުޅު ގެއްލިދިއުން އެކަށީގެންވާ ވަރަށް ނުރައްކާތެރި ދިމަދިމާއަށް ވަދެފައި ހުއްޓެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.