ކޮވިޑް-19 : ޕޮޒިޓިވް ޢަދަދު 1000އިން މައްޗަށް

ރާއްޖެއިން އިތުރު 1،091 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިރޭ އަލަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ޕޮޒިޓިވްވި 933 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 147 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 6 މީހުންނާއި ސަފާރީއަކުން ޕޮޒިޓިވްވި  3 މީހުންނާއި ހަދަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 2 މީހެކެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 35،815 އަށް އަރާފައެވެ.

މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 9،423 މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 250 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ. މިރޭ އަލަށް މިބަލިން ރަނގަޅުވީ 307 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 26،299 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއާއެކު މިހާތަނަށް 84 މީހަކު ކޮވިޑް ޖެހިގެން ރާއްޖެއިން މިވަނީ ނިޔާވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.