ކޮވިޑް-19 : މިރޭ ޕޮޒިޓިވްވީ 590 މީހުން

ރާއްޖެއިން އިތުރު 590 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިރޭ އަލަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ޕޮޒިޓިވްވި 439 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 141 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 9 މީހުންނާއި ސަފާރީއަކުން ޕޮޒިޓިވްވި  މީހެކެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 34،724 އަށް އަރާފައެވެ.

މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 8،640 މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 230 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ. މިރޭ އަލަށް މިބަލިން ރަނގަޅުވީ 210 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 25،992 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއާއެކު މިހާތަނަށް 83 މީހަކު ކޮވިޑް ޖެހިގެން ރާއްޖެއިން މިވަނީ ނިޔާވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.