ރައީސް ނަޝީދަށް ޙަމަލާދިންކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި

ރައީސް ނަޝީދަށް ޙަމަލާދިންކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދިން ޓެރަރިސްޓަ ޙަމަލާގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރައްވާފައި ވީނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.  މި މީހުންނާއި އަދި މިމައްސަލައިގެ ތަޙްޤީޤުގެ މުހިންމު މަޢުލޫމާތުތަކެއް މިއަދު 14:30ގައި ހާމަކުރައްވާނެކަމަށާ، އެކަމަށްޓަކައި ފުލުހުން ނުސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަމަށް މަޢުލުމަތު ލިބެއެވެ.

އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވަނީ، ރައީސް ނަޝީދަށް ޙަމަލާދިން ސަރަޙައްދުން ޝައްކުކުރެވޭ 4 މީހެއް ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެއީ ކޮންބައެއްކަން އަދި އެމީހުންނާމެދު ޝައްކުކުރެވިގެން އުޅެނީ ކޮން ސަބަބުތަކާހެދިކަން މިވަގުތު ހާމަ ނުކުރައްވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މިހަމަލާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް، ފޮޓޯއެއް، ވިޑިއޯއެއް ލިބިފައި ވާނަމަ އޮންލައިންކޮށް ފުލުހުންނަށް އެކަން ހުށައެޅެމުގެ ފުރުސަތުވެސް ފުލުހުން މިވަނީ ހުޅުވާލާފައެވެ.  ފުލުހުންގެ ޚާއްސަލަ ލިންކު https://u.police.mv/evidence އަށް މަޢުލޫމާތު ހުށައެޅުމަށް ފުލުހުން އެދިވޑައިގަންނަވައެވެ. އަދި  ހޮޓްލައިން 9704000 އަށް ވެސް މިމަޢުލޫމާތު ހުށައެޅޭނެކަމަށް ފުލުުން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.