ކޮވިޑް-19 : ދުވަހެއްދުވަހަކަށް ނުރައްކާ ބޮޑުވަނީ، އިތުރު 766 މީހުން މިއަދު ޕޮޒިޓިވް

ރާއްޖެއިން އިތުރު 766 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިރޭ އަލަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ޕޮޒިޓިވްވި 571 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 171 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 23  މީހުންނާއި ސިނާއި ރަށްރަށުން ޕޮސޒިޓިވްވި  މީހެކެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 34،134 އަށް އަރާފައެވެ.

މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 8،261 މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 205 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ. މިރޭ އަލަށް މިބަލިން ރަނގަޅުވީ 107 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 25،782 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއާއެކު މިހާތަނަށް 82 މީހަކު ކޮވިޑް ޖެހިގެން ރާއްޖެއިން މިވަނީ ނިޔާވެފައިވެއެވެ. އެއީ 69 ދިވެހިންނާއި 13 ބިދޭސީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.