"ނަޝީދަށް ދިން ޙަމަލާ، ސަލްޓަމްޕާކު ޙަމަލާއަށްވުރެ ބާރުގަދަ"

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓު ޙަމަލާއަކީ 2007ވަނަ އަހަރު ސަލްޓަމްޕާކުގައި ގޮއްވާލި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަށްވުރެ ބާރުގަދަ އެއްޗަކުން ދިން ޙަމަލާއެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައިވާހަކަފުޅުދައްކަވަމުން ޝަމާލް ވިދާޅުވީ ނަޝީދަށް ހަމަލަދޭން ގޮއްވި (ހޯމްމޭޑް އައިއީޑީ) ނުވަތަ އަމިއްލައަށް ބަޔަކު ހަދާފައިވާ ބޮމަކީ ވަރަށް ބާރުގަދަ އެއްޗެއްކަމަށެވެ. އޭގައި ބޭނުންކޮށްފައިވާ ރޭޒާފުއްތަކުގެ ސަބަބުން ވަރަށް ބޮޑު ސަރަހައްދަކަށް ގޮވުމުގެ ނުރައްކާ ފޯރާނެކަމަށާ، އެއީ ފުރާނައަށް ނުރައްކާވާފަދަ ބޮޑު ގޮވުމެއްކަމަށް ޝަމާލް ވިދާޅުވިއެވެ.

އެގޮތުން 2007ވަނަ އަހަރު ސަލްޓަންޕާކްގައި ގޮއްވާލި މިދަފަ އައިއީޑީއާ މި އައިއީޑީގެ ބާރުގަދަ މިންވަރުގެ ހުރި ތަފާތު ޝަމާލްވަނީ ވިދާޅުވެފައެވެ.

މިޙަމަލާ ހިނގައިދިޔަ ވަގުތު ކަންކަން ވެގެންދިޔަގޮތުގެ ތަފްސީލް ޝަމާލްވަނީ ހާމަކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.