ރައީސް ނަޝީދަށް ޙަމަލާދިނީ ވަރަށް ފިނޑި ބައެއްކަމަށާ، އެމީހުންނާ ދިވެހި ސިފައިން ވަރަށް އަވަހަށް އަރާ ހަމަކުރާނެކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޙަމަލާއާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މާރިޔާ ވިދާޅުވީ މިޙަމަލާގެ ކަންކަން ބަލައި ތަޙްޤީޤްކޮށް އިންސާފު ޤާއިމުކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ސިފައިން ކުރާނެކަމަށެވެ.
މިފަދަ ޙަމަލާތަކަކީ އެއްވެސް ޙާލެއްގައި ރާއްޖޭގައި ހިނގައިގެންވާނެކަމެއް ނޫންކަމަށާ، މިކަމުން އެނގިގެންދަނީ މިހާރު ރާއްޖޭގެ އެއްވެސް މީހަކީ މިފަދަ ކަންކަމާ އަޅާނުލައި ތިބެވެން ނެތް ބައެއްކަން ކަމުގައެވެ. ރައީސް ނަޝީދުފަދަ ހައި ސެކިއުރިޓީ ބޭފުޅަކަށް މިފަދަ ނުރައްކާތެރި ހަމަލާއެއް އަމާޒުވުމަކީ އެންމެހައި ދިވެހި ރައްޔިތުންނާއި މުޅި ޤައުމަސް އޮތް ނުރައްކަލެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ މާރިޔާ ވަނީ ރައީސް ނަޝީދަށް ދިން ޙަމަލާގެ މަޢުލޫމާތު ހޯދަން ޢާއްމުންގެ އެހީއަށް އެދިފައެވެ.