ރާއްޖެއިން އިތުރު 703 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ 5 މީހުން މިއަދު މިބަލީގައި ނިޔާވެއްޖެއެވެ.
މިރޭ އަލަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ޕޮޒިޓިވްވި 526 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 167 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 7 މީހުންނާއި ސިނާއި ރަށްރަށުން ޕޮސޒިޓިވްވި 3 މީހެކެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 33،368 އަށް އަރާފައެވެ.
މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 7،607 މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 203 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ. މިރޭ އަލަށް މިބަލިން ރަނގަޅުވީ 202 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 25،675މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މީގެ އިތުރުން މިއަދަކީ ކޮވިޑް-19ގައި އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން ނިޔާވި ދުވަހެވެ. އެންމެފަހުން މިބަލީގައި ނިޔާވީ ޅ. ނައިފަރުން ކޯވިޑް ޖެހިގެން ނިޔާވި މީހެކެވެ.
ނައިފަރުން 97 އަހަރުގެ އަންހެނެއް ކޯވިޑް ޖެހިގެން ނިޔާވިއިރު، މިއީ އެ ރަށުން މިބަލީގައި މިއަދު ނިޔާވި ދެވަނަ މީހާއެވެ. އަދި ރާއްޖެއިން ކޯވިޑް ޖެހިގެން މިއަދު މަރުވި 5 ވަނަ މީހާއެވެ. އޭނާ ނިޔާވިކަން އެނގުނީ މިރޭ 8:30 ހާއިރުއެވެ. މީގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީން ރޭ ދަންވަރު ވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކު ނިޔާވެފައެވެ. އަދި އއ. ރަސްދޫގައި ކަރަންޓީނުގައި ހުއްޓައި ނިޔާވި ފަތުރުވެރިޔަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއްވެސް ވަނީ މިއަދު ނިޔާވެފައެވެ.
މިއާއެކު މިހާތަނަށް 79 މީހަކު ކޮވިޑް ޖެހިގެން ރާއްޖެއިން މިވަނީ ނިޔާވެފައިވެއެވެ.