ރައީސް ނަޝީދަށް ދިން ޙަމަލާ އެމްޑީޕީން ކުށްވެރިކޮށްފި

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވަނީ ނުރައްކާތެރި ހަމަލާއެއްކަން ފާހަގަކޮށް އެމްޑީޕީން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެޕާޓީން ދެކޭ ގޮތުގައި އެހަމަލާއަކީ ސީދާ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށްވވެެ އަމާޒުކޮށް ފުރާނަފުޅު ދުއްވާލުމަށް ދީފައިވާ ޓެރަރިސްޓް ހަމަލާއެއްކަމަށް އެމްޑީޕީން ބުނެއެވެ. މި ނުރައްކާތެރި ޓެރަރިސްޓް ހަމަލާ މިހާރުން މިހާރަށް ތަޙްޤީޤުކޮށް އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެމްޑީޕީންވަނީ ގޮވާލާފައެވެ.

މި ހަމަލާގެ ސަބަބުން ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާއަށް މިވަގުތު އޭ.ޑީ.ކޭ އިން ގެންދަނީ ރައީސް މުޙަންމަދު ނަޝީދަށް ފަރުވާ ދެއްވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.