ކޮވިޑް-19 : ބަލި ފެތުރުމުގައި ކޮންޓްރޯލެއްނެތް، އިތުރު 734 މީހުން ޕޮޒިޓިވް

ރާއްޖެއިން އިތުރު 734 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ މިފަހުން ކޮންމެ ރެއަކު ރާއްޖެއިން ރެކޯޑު މިންވަރަކަށް މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވަމުންދާ ދިއުމަށް އަނެއްކާވެސް އިތުރުވި ބޮޅެކެވެ.

މިރޭ އަލަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ޕޮޒިޓިވްވި 540 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 186 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 7 މީހުންނާއި ސިނާއި ރަށްރަށުން ޕޮސޒިޓިވްވި މީހެކެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 32,665 އަށް އަރާފައެވެ.

މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 7,109 މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 198 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ. މިރޭ އަލަށް މިބަލިން ރަނގަޅުވީ 133 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 25،473 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.