ނޭޝަނަލް ޑްރަގް އެޖެންސީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައިފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ "ނޭޝަނަލް ޑްރަގް އެޖެންސީ"އަކީ، މިއަދުން ފެށިގެން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

އެމަނިކުފާނު މި ބަދަލުގެންނަވާފައިވަނީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. ނޭޝަނަލް ޑްރަގް އެޖެންސީއަކީ ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 26 މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިވާ މުއައްސަސާއެކެވެ.

ފަޚުރުވެރި ދިވެހި ޢާއިލާ އެއް ދިވެހި އެންމެހާ ރައްޔިތުންނަށް ހޯދައިދިނުމަށް މަސްތުވާތަކެއްޗަށް ހުޅުވާލެވިފައިވާ ހުރިހާ ދޮރުތަކެއް ބަންދުކޮށް ތަންފީޒީ އިދާރާތަކަށް އޮންނަ ނޭއްގާނީ ނުފޫޒުތައް ކަނޑުވާލައި، މިނިވަންކަމާ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރެވޭނެ ޖާގަ ހޯދައިދިނުމަކީ މިސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭކަމެކެވެ. މިބަދަލު ގެންނެވީ މީގެ ދަށުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.