ރައީސް އަވަހާރަކޮށްލަން ހިތްވަރުދީ ސޯޝަލް މީޑިޔާގައި ވާހަކަ ދެއްކި ފުލުހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތު ފުލުހެއްގެ މައްޗަށްކޮށް، އޭނާގެ މައްޗަށް ދައުވާވެސް އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް އިން ދައުވާ ކޮށްފައި ވަނީ ހއ. ހޯރަފުށީ ދަނބުމާގޭ އިބްރާހިމް ސަލީމްގެ މައްޗަށެވެ. ޕީޖީން އޭނާގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ ދައުވާއެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ރައީސް ޔާމީން އަވަހާރަކޮށްލަން ހިތްވަރު ލިބޭގޮތަށް ސޯޝަލް މީޑިޔާގައި އެމީހާ ދައްކާފައިވާ ވާހަކަތަކެއްގެ ސަބަބުން ކަމަށް ޕީޖީގެ ދައުވާގައި ވެއެވެ.

ޕީޖީން ދައުވާ ކުރަން ފޮނުވާފައިވާ ފުލުސް މީހާ ފުލުހުންގެ ވަޒީފާއިން މިހާރު ހުރީ ވަކިކޮށްފައި ކަމެއްވެސް އަދި ނުކޮށް ކަމެއްވެސް ކަށަވަރެއްނޫނެވެ.  ފުލުހުން މިކަމުގައި ވަކިއެއްޗެއް އަދި ހާމައެއް ނުކުރެއެވެ.

މީގެކުރިންވެސް ވަނީ ރައީސް އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ސިފައިންގެ ބަޔެއް އިސްވެރިންގެ މައްޗަށްވެސް ދައުވާ ކޮށްފައެވެ. އަދި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށްވެސް އެ ދައުވާ ކޮށްފައިވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.