އާފަތިސް ބަދިގެ: ބަނާނާ ޕުޑިން

މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ޑެޒާޓެކެވެ. ފޮނި އެއްޗެހި ކާން ބޭނުންވާ މީހުންނަށް ވަރަށް ކަމުދާނެ ބާވަތެކެވެ.

ބޭނުންވާ ތަކެތި 

  • 3 ވަށް ދޮންކެޔޮ (ރަނގަޅަށް  ދޮންވެފައިވާ)  
  • 1 ވަށް ދޮންކެޔޮ ( އެހާބޮޑަށް ފާނުވާ ޕުޑިން ތަށީގެ މަތީގައި ގާނިޝް ކޮށްލުމަށް) 
  • 1 މޭޒުމަތީ ސަމުސާ ލެމަން ޖޫސް
  • ½ 1 ކޯލްޑް މިލްކް
  • 1 ދަޅު އިންސްޓެންޓް ޕުޑިން
  • 1 ދަޅު ގެރިކިރު 
  • 425 ގްރާމް ވިޕިން ކްރީމް 
  • 30 ވެނީލާ ވެފަރ ކުކީސް
  • ގާނިޝް ކުރުމަށް ސިނެމަން ޝުގަރ (ބޭނުންނަމަ) 

ތައްޔާރު ކުރާނެ ގޮތް 

1- ރަނގަޅަށް ދޮންވެފައި އޮތް ތިންވަށް ދޮންކެޔޮ ތޮށި ނޮޅުމަށްފަހު ވަށްކޮށް ފޮތިކޮށްލާށެވެ. ދެން ތާޒާ ލުނބޮއެއްގެ ހުތް (ލެމަން ޖޫސް) ދޮންކެޔޮ ފޮތިތަކާ އެއްކޮށްލުމަށް ފަހު އެއް ފަރާތުގައި ބަހައްޓާށެވެ.

2- އިންސްޓެންޓް ވެނީލާ ޕުޑިންއާއި ކޯލްޑް މިލްކް އެއްކޮށް ރަނގަޅަށް ގިރައިލާށެވެ.  ދެން ގެރިކިރު އެއްކުރުމަށް ފަހު ރަނގަޅަށް ގިރާލާފައި ބަހައްޓާށެވެ.

3- ޕުޑިން މިކްސްގެ ތެރެއަށް ވިޕިން ކްރީމްގެ އެއްބައި އަޅައިލުމަށް ފަހު އަނެއްކާވެސް ގިރައިލާށެވެ.

4- ޑެޒާޓް އަޅާ ވައްތަރު ހެޔޮވަރުގެ ތަށްޓަކަށް ލޭޔަރު ލޭޔަރަށް ޕުޑިންއާއި ދޮންކެޔޮ ފޮތިތަކާއި ކުކީސް  އަޅައިލުމަށް ފަހު އެންމެ މައްޗަށް ވިޕިން ކްރީމް އަޅައިލާށެވެ. ބާކީ އޮތް ދޮންކެޔޮވަށް ފޮތިކޮށްލާފައި ޕުޑިން ތަށީގެ މަތީގައި އަތުރައިލާށެވެ.

ނޯޓް: މިތަކެތިން ތިނެއް ނުވަތަ ހަތަރު ތަށި ޕުޑިން ތައްޔާރު ކޮށްލެވޭނެއެވެ. ބޭނުން ނަމަ ފުރިޖުގައި ބަހައްޓައި ފިނި ކޮށްލައިގެންވެސް ކެވިދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.