ރާބީމޯހާ: މޭބިސްކަދުރު ކެއުމަކީ އަޅުގަނޑު ކުރާ ނުބައި ކަމެއް ކަމަށް ދެކެވަޑައިގަންނަވަންތޯ؟
ޢިލްމުވެރިޔާ: ނޫން.
ރާބޯމީހާ: އަޅުގަނޑު ކުޑަ ކުޑަ ވިނަކޮޅަކާއެކު މޭބިސްކަދުރު ކައިފިއްޔާ އެއީ ނުބައި ކަމަކަށް ވާނެތޯ؟
ޢިލްމުވެރިޔާ: ނޫން. އެއީ ނުބައި ކަމެއް ނޫން.
ރާބޯމީހާ: އަޅުގަނޑު މި ދެންނެވި އެއްޗިހި ފެނުން ދޮވެފައި އެ އެއްޗެހީގެ ބޭނުން ކުރިއްޔާ ވާނީ ކިހިނެއްތޯ؟
ޢިލްމުވެރިޔާ: އެ އެއްޗެހި ބޭނުން ކުރުމުގައިވެސް އަދި އެ ފެން ބޭނުން ކުރުމުގައިވެސް މައްސަލައެއް ނެތް.
ރާބޯމީހާ: މި އެއްޗެހީގެ ބޭނުން ކުރުން ހުއްދަ ކަމަށް ވަނީ ނަމަ، އަޅުގަނޑުމެން ރާ ބުއިން މަނާ ކުރައްވަނީ ކީއްވެގެންތޯ؟ ރާގައި ހިމެނެނީ މި ތިން ބާވަތެއް ނޫންތޯ؟
ޢިލްމުވެރިޔާ: އަހަރެން ކަލޭގެ ބޮލަށް ފެން އަޅައިފިއްޔާ ކަލެއަށް އަނިޔާއެއް ވާނެތަ؟
ރާބޯމީހާ: ނޫން. ނުވާނެ.
ޢިލްމުވެރިޔާ: ފެން އެޅުމަށް ފަހު ކަލޭގެ ބޮލަށް ކުޑަ ކުޑަ މަށިކޮޅެއް އަޅައިފިއްޔާ އަނިޔާއެއް ވާނެތަ؟
ރާބޯމީހާ: ނޫން އަޅުގަނޑަކަށް އަނިޔާއެއް ނުވާނެ.
ޢިލްމުވެރިޔާ: އަހަރެން މަށްޓާއި، ފެން އެއްކޮށް ގަށާފައި ބޮޑު އެޅިގަލެއް ހެދުމަށް ފަހު އެ ގަލުން ކަލޭގެ ބޮލުގައި ޖަހައިފިއްޔާ ވާނީ ކިހިނެއް؟
ރާބޯމީހާ: އޭރުން އަޅުގަނޑު ވާނީ މަރެއް ނޫންތޯ؟
ޢިލްމުވެރިޔާ: ރާ އަށްވެސް ވަނީ އެކަހަލަ ގޮތެއް!