އާފަތިސް ބަދިގެ: ކްރީމީ ޗިކްޕީ ކަރީ

ޗިކްޕީ ނުވަތަ ސަނާމުގަކީ އާއްމުކޮށް ދިވެހިން ރިހަ ކައްކައި އުޅޭ ބާވަތެއް ނޫނެވެ. ނަމަވެސް މިއީ ރޮށްޓާއި ފަރާޓާ އަދި ނާނު ނުވަތަ ބަތާއެކުވެސް ކާލަން މީރު ސިއްހަތަށް ފައިދާ ހުރި ރިހައެކެވެ. މިއީ ވަރަށް އަވަހަށް ތައްޔާރު ކޮށްލެވޭނެ ބާވަތެއްވެސް މެއެވެ. ގާތްގަނޑަކަށް 15 މިނިޓު ތެރޭގައި މި ރިހަ ތައްޔާރު ކޮށްލެވޭނެއެވެ.

ބޭނުންވާ ތަކެތި

  • 400 ގްްރާމް ޗިކްޕީ ދަޅު ( ދިޔަގަނޑު އޮއްސާލުމަށް ފަހު) 
  • 400 ގްރާމް ޕީލްޑް ޓޮމާޓޯ ދަޅު
  • 1 ލީކް (މީޑިއަމް ސައިޒް  ކޮށާލައިފައި)
  • 1 ބެލް ޕެޕަރ ( ކޮށާލައިފައި)
  • 4 މަޝްރޫމް (މީޑިއަމް ސައިޒް ކޮށާލައިފައި)
  • 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޫރީ ނުވަތަ ޓޮމާޓޯ ޕޭސްޓް
  • 1 މޭޒު މަތީ ސަމުސާ ކަރީ ޕައުޑަރު
  • 1 މޭޒުމަތީ ސަމުސާ ކުކިންގ އޮއިލް
  • 2 މޭޒުމަތީ ސަމުސާ ކްރީމް  (ބޭނުންނަމަ)
  • އަސޭމިރުސް ކޮޅެއް (ރަހަލާވަރަށް) 
  • ރަހަލާ ވަރަށް ލޮނު
  • ސާވްކުރުމަށް ކޮރިއެންޑާ ނުވަތަ މިންޓް ލީފް (ބޭނުންނަމަ) 

ތައްޔާރު ކުރާނެ ގޮތް 

1- ބޮޑު ތަވައެއްގައި ތެޔޮފޮދު ހޫނުކޮށްލުމަށްފަހު ކޮށައިފައި ހުރި ތަރުކާރީކޮޅު އަޅައިލުމަށްފަހު، ރަނގަޅަށް މަޑުވެލަންދެން ކައްކާލާށެވެ.

2- ތަރުކާރީކޮޅު މަޑު ވުމުން ސަނާމުގާއި ޕީލްޑް ޓޮމާޓޯ އަދި ޓޮމާޓޯ ޕޭސްޓާއި ކަރީ ޕައުޑަރު އަޅައިލުމަށް ފަހު ގަދަ ގިނީގައި ހިކިލަންދެން ރަނގަޅަށް ކައްކައިލާށެވެ. ބޭނުންނަމަ ކްރީމް ކޮޅަކާއި ކޮރިއެންޑާ ނުވަތަ މިންޓް ލީފް ވެސް އަޅައިލެވިދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.