ސައިކަލެއްގެ އިންޖީނުގެ ވެރިފަރާތް ނޭނގިގެން ހޯދަން ފަށައިފި

ފުލުހުން ޓޯވކޮށްފައިވާ ސައިކަލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އިންޖީނުގެ ވެރިފަރާތް ނޭނގިގެން ހޯދަމުންދާ ސައިކަލް އިންޖީނު ނަންބަރު 5P42003220  ކަމަށެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި އެ ސައިކަލުގެ އިންޖީނުގެ ވެރިފަރާތް ހޯދަން ޖެހުނީ  ޓޯވކޮށްފައިވާ އެ ސައިކަލުގައި ޖަހާފައިވާ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާފައިވާ ކަމަށް ޝައްކު ކުރެވުމުން ސައިކަލްގެ އިންޖީނު ނަންބަރު ހޯދުމަށް ކުރި ފޮރެންސިކް ތަޙްލީލުން ސައިކަލުގައި ޖަހާފައިވާ އިންޖީނު ނަންބަރަކީ  5P42003220  ކަމަށްވުމުން، އެ ސައިކަލުގެ ވެރިފަރާތް ހޯދުމުގެ ގޮތުންނެވެ. އެ ސައިކަލް ފުލުހުން ޓޯވ ކޮށްފައި ވަނީ މިއަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން  5P42003220  ނަންބަރު އިންޖީނުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، އިންޖީނުގެ ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.