ރާއްޖޭގައި ނަސޯރާ ދީން ފަތުރަން އުޅުނު 13 މީހަކު ނަޝީދުގެ ވެރިކަމުގައި ބްލެކްލިސްޓުން އުނިކުރި- ރައީސް

ރައީސް މައުމޫން އަބްދުލްގަތްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގައި ނަސޯރާ ދީން ފަތުރަން މަސައްކަތްކުރި ތޭރަ ބިދޭސީއަކު ސަރުކާރުން ބްލެކް ލިސްޓް ކޮށްފައި ވަނިކޮށް ރައީސް މުޙަންމަދު ނަޝީދުގެ ވެރިކަމުގައި އެމީހުން ބްލެކް ލިސްޓުން އުނިކޮށްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

"މާފަންނު ފިޔާތޮށި ޖަގަހަ" ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަން ނިންމުމަށް ނުކުތް ދީނީ އިލްމްވެރިން ބޭނުންވީ ރައީސް މައުމޫނުގެ ސަރުކާރުގައި ދީނީ މައްސަލަތަކެއް ހުރުމުން ރައީސް ނަޝީދު ވެރިކަމަށް ގެންނަން ކަމަށެވެ.

ދީނީ ކަންކަމުގައި ރައީސް މައުމޫނުގެ ސަރުކާރު ގޯސްކަމަށް އިލްމްވެރިން އޭރު ވިދާޅުވެ ރައީސް ނަޝީދުގެ ސަރުކާރެއް ގެނައުމާއެކު އެންމެ ފުރަތަމަ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ދަރުބާރަށްވެސް ރައީސް މައުމޫންގެ ދުވަސްވަރު ނަސޯރާ ދީން ފަތުރަން ރާއްޖޭގައި އުޅުމުން ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލި އިނގިރޭސިވިލާތުގެ މީހުން ގެނައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ދީން ހިމާޔަތް ކުރަން އެމަނިކުފާނުގެ (ރައީސް ނަޝީދުގެ) ކިބައިގައި އޭރުވެސް ހުރި ޝައުގުވެރިކަން" ރައީސް ނަޝީދުގެ ސަރުކާރުގެ ދީނީ ސިޔާސަތަށް ފާޑު ކިޔުން އަމާޒު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.