ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި

ސިޔާސީ ޕާޓީ ތަކަށް ދައުލަތުން މިއަހަރު ދޫކުރަން ނިންމާފައިވާ ފައިސާ ފިނޭންސް މިނިސްޓްރީން ޕާޓީ ތަކަށް ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ޕާޓީ ތަކަށް ދޭން މިއަހަރު ކަނޑައެޅި ފައިސާ އެ ޕާޓީ ތަކަށް ދޫކޮށްފައި ވާނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ޕާޓީ ތަކަށް ދިނުމަށް މިއަހަރު ބަޖެޓުގައި ކަނޑައަޅާފައި އޮތީ 27 މިލިއަން ރުފިޔާއެވެ. ނަމަވެސް ފިނޭންސުން ބުނީ ދޫކޮށްފައިވާނީ 23 މިލިއަން ރުފިޔާ ކަމަށާއި އެ ފައިސާ ދޫކޮށްފައިވާ ހަތަރު ސިޔާސީ ޕާޓީ އަކަށް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރި ގޮތަށް ބަލާއިރު އެންމެގިނަ ފައިސާ ދީފައި ވަނީ ވެރިކަން ކުރާ ޕީޕީއެމަށެވެ. އެއީ މެމްބަރުން އެންމެގިނަ ޕާޓީއަކީ ޕީޕީއެމް ކަމަށްވުމުންނެވެ. ޕީޕީއެމަށް ވަނީ 10 މިލިއަން ރުފިޔާ ދޫކޮށްފައެވެ. ދެވަނައަށް އެންމެގިނަ ފައިސާ ދިނީ ދެވަނައަށް މެމްބަރުން އެންމެގިނަ ޕާޓީ ކަމަށްވާ އެމްޑީޕީއަށެވެ. އެމްޑީޕީއަށް ދިނީ 7.4 މިލިއަން ރުފިޔާއެވެ. ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭއަށް ދީފައި ވަނީ 2.7 މިލިއަން ރުފިޔާއެވެ.

ސިޔާސީ ޕާޓީ ތަކަށް މިހާރު ފައިސާ ދޫކުރަމުން އަންނަނީ 10 ހާސް މެމްބަރުން ހަމަވާ ޕާޓީ ތަކަށް އެކަންޏެވެ. ނަމަވެސް ކުރިން ދިޔައީ ހުރިހާ ސިޔާސީ ޕާޓީ ތަކަށް ފައިސާ ދޫކުރަމުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.