ކުޅުދުށްފުށީގައި އެއާޕޯޓެއް އަޅައިފިއްޔާ ރައީސް ޔާމީނަކީ އިގްތިސޯދީ ރޯނު އެދުރެއް- މުސްތޮފާ

ރައީސް އަބްދުﷲ ޔާމީންއަކީ އިގްތިސޯދީ "ރޯނު އެދުރެއް" ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙަންމަދު މުސްތޮފާ ވިދާޅުވެއްޖެއެވެ.

މުސްތޮފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހދ. ކުޅުދުށްފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެއް ކަމަށާއި އެހެންވެ އެރަށުގައި އެއާޕޯޓެއް އަޅައިދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ކުޅުދުށްފުށީގައި އެއާޕޯޓެއް އެޅުމަކީ "އިގްތިސޯދީ ޖޯކެއް" ކަމަށްވެސް ވިދާޅުވިއެވެ.

"ހަނިމާދޫން ކުޅުދުށްފުއްޓަށް ދިހަ މިނިޓުން ދެވޭއިރު ކުޅުދުށްފުށީ އެއާޕޯޓެއް އެޅުމުން ރައީސް ޔާމީނަކީ އިގްތިސޯދީ ރޯނު އެދުރެއް، ބޮޑު ޖޯކަރެއް" ކުޅުދުށްފުށީގައި ސަރުކާރުން އެއާޕޯޓު އަޅަން އުޅޭތީ އެކަމަށް ފާޑު ކިޔުން އަމާޒުކޮށް މުސްތޮފާ ވިދާޅުވެފައި ވެއެވެ.

ކުޅުދުށްފުށީގައި އެއާޕޯޓެއް އަޅަން ސަރުކާރުން އުޅޭތީ އިދިކޮޅު ފަރާތްތަކުން ދަނީ އެކަމަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ކުޅުދުށްފުށީގައި އެއާޕޯޓު އަޅާނެ ކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީގެ ތާއީދު އޮންނަ ކުޅުދުށްފުށީ  ކައުންސިލުންނާއި ރަށުގެ ގިނަ ބަޔަކުވެސް ބުނަމުން ދަނީ އެރަށަށް އެއާޕޯޓު މުހިންމު ކަމަށާއި އެރަށުގެ ޒަމާންވީ ކުޅި ހިއްކައިގެން ވިޔަސް އެރަށު މީހުން ތިބީ އެއާޕޯޓު އެޅުމަށް ތާއީދު ކޮށްގެން ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.