ސައުދީ މުއްސަންޖެއްގެ ކައިވެނި ޕާޓީއަށް ދިޔަ ކޮންމެ މީހަކަށް އައިފޯން 8 ދީފި

ސައުދީ އަރަބިއްޔާގައި  ބޭއްވި ކައިވެނި ހަފްލާއަށް ދިޔަ ކޮންމެ މީހަކަށް އެންމެ ފަހުގެ އަގުބޮޑު އައިފޯން 8 ފޯނެއް ދީފިއެވެ.

ސައުދީ އަރަބިއްޔާގެ މުއްސަނދި މި ފިރިހެން މީހާ ވަނީ ކައިވެނި ޕާޓީއަށް އައި ކޮންމެ މީހަކަށްވެސް ހަދިޔާއެއްގެ ގޮތުގައި އައިފޯން 8 ގެ ފޯނެއް ދީފައެވެ. މި ކައިވެނި ޕާޓީގެ ވީޑިޔޯ ކްލިޕެއް ސޯޝަލް މީޑިޔާގައި ދައުރު ވަމުން އަންނައިރު އެ ވީޑިޔޯގައި ފެންނަނީ ޕާޓީގައި ހަދިޔާ ބަހާ މީހުންތަކެއް ބޮޑެތި ޓްރޭ ތަކަށް އައިފޯނު 8 އަޅައިގެން ޕާޓީއަށް ދިޔަ މީހުންނަށް ބަހަމުންދިޔަ މަންޒަރެވެ.

ސައުދީ އަރަބިއްޔާގައި ކައިވެނި ޕާޓީ ތަކުގައި ހަދިޔާ ބެހުމަކީ ސަގާފީ ކަމެކެވެ. އާންމުގޮތެއްގައި އެގައުމުގެ މުއްސަނދި މީހުންގެ ކައިވެނި ޕާޓީ ތަކަށްދާ މީހުންނަށް ހަދިޔާގެ ގޮތުގައި ބަހަމުން ދަނީ ރަނާއި ޖަވާހިރުން އުފައްދާފައިވާ އަގު ބޮޑު ތަކެއްޗެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.