އަނެއްކާވެސް ރާއްޖއިން ކޮވިޑް-19 ގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
މިއަދު ނިޔާވެފައިވާ މިމީހާއަކީ ޢުމުރުން 66 އަހަރުގެ ފިރިހެނެކެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެފައިވަނީ މިމިހާއަކީ ޙާލު ދެރަވެ ޚަބަރު ހުސްވެގެން އައިޖީއެމްއެޗަށް އެމަޖެންސީގައި މިއަދު 12:27ގައި ގެންދިޔަ މީހެއްކަމަށެވެ. އޭނާ ހޮސްޕިޓަށް ގެންދިޔަތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިޔާވެފައިވާކަން ޑޮކްޓަރުން ޔަޤީންކޮށްދެއްވާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މިއީ ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި 67ވަނަ މީހާއެވެ. މިހާތަނަށް މިބަލީގައި 59 ދިވެހިންނާއި 8 ބިދޭސީންވަނީ ނިޔާވެފައެވެ.